Saturday, April 11, 2015

activity 4 Raivaru maanakurun

*އެކްޓިވިޓީ  4
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ރައިވަރުމާނަކުރުން
*ގެންދާނެ ގޮތް
ކުލާސް 5 ގްރޫޕަށް ބަހާލާށެވެ. އެއަށްފަހު ކުރަން އުޅޭ ކަމާއިބެހޭ ކުރު އެހެންނަމަވެސް ސާފު މައުލޫމާތު ދޭށެވެ. ކޮންމެ ގްރޫޕަކަށް ތިރީގައިވާ ރައިވަރުތަކުގެ ތެރެއިން އެއް ރައިވަރު ދޭށެވެ. އެއަށްފަހު ގުރޫޕްގައި މަޝްވަރާކުރުމަށްފަހު، ކުލާހަށް ރައިވަރު ހުށަހަޅާނެ ދަރިވަރަކު އައްޔަންކުރާށެވެ. ދެން ދައިވަރުތައް މުޅިކުލާހަށް އިއްވާށެވެ. އެއަށްފަހު ގުރޫޕްތަކުގައި މަޝްވަރާކޮށް ރައިވަރުގެ ބަސްތައް ތަރުތީބު ކުރުވާށެވެ. ރައިވަރު ޖުމުލަމާނަ ކޮށްމެދަރިވަރަކުވެސް އެދަރިވަރެއްގެ ފޮތުގައި ލިޔެ މުދައްރިސަށް ދެއްކުމުން އެކްޓިވިޓީ ނިމުނީއެވެ.


ގުރޫޕްތަކުގައި ހުރިހާކުދިންވެސް މަސައްކަތުގައި ޝާމިލްވަމުންގެންދޭތޯ މުދައްރިސް ބަލަންވާނެވެ. އަދި ގްރޫޕްތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެދެވޭ ފަހި ބަރޯސާވުމެއް އޮންނާނެ ގޮތަކަށް އިންތިޒާމު ކުރުމާއި ކުލާސްމެނޭޖުކުރުމީ ޓީޗަރުގެ މަސްއޫލިއްޔަތެކެވެ.
ކުލާހުގައި ސައިކޯސޯޝަލް އެންވާރުމެންޓެއް އުފައްދައި ދެމެހެއްޓްމީ ޓީޗަރުގެ ޒިއްމާއެއްކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެއެވެ.

*އެހީ / ރައިވަރު

ކެތްތެރި  އަވެއްޖެ  ޅަކު
ނެއްޓި ނުމެ ސަކު ހިތުގެ މަކު
ރެއް ސަފުން ނުވެ ދަތަސް އަކު
ގެއްތެ ދުމަ ލިބިދިޔަ ހިނދަކު
މެއް ބޮޑުވެ ނޭނުދާ ގެން ކަ
ހެއްދެވި ލާނގެ ދެނެގަން ކަ


ތާންތިކި ތެރަށް އަރު
ދާންނެތި ބަލިވެގެން ވަރު
ފާން އަލިނުން އުހެދި ކަރު
ވާން ގޮފަށަމެ އަޑުން ހަރު
ސާން އިޙުއެދިނު ހަލުމާސަ
ލާން ތަކާއި ވެދުމާސަ


ތުން ހިރު އުނިވެ  ފިކު
ރުން ބިމޭ ކުދިވެފައި ދިކު
 ލުން ލޮމެ ކަރުނު ނިކުމެ ނިކު
ދުން އަމުނުމެއް ވެޔޭ ހިކު
ޅުން އޮގި ނަމެ ހިތެރޭ ރުމަކަ
މުން ދެރަވެ ފަގީރު މަކަ


ފޭވެ އެކަނުވާހެރި
ދޭވެވަރު ހިތްއަތަށްނެރި
ޅޭއުރަޙްމަތްކަމުންތެރި
ނޭގޭކަމެއް މަކަރުވެރި
ރޭތެމަސްހެން ތިބޭދަލުވެ
ވޭއިރު އައިސް ބައްދަލުވެ

އައިނެކޭ ތިޔަހުރީ
ވައިމަތިއޮޑީ ބޮލުކުރީ
މާރަގަކުރަނގި ތިކޮށްރީ
ގާތަށޭ ހުރެ އަންނަނީ
ބާލާށް ފަލި އަވަސްތައްއަ
ރާނުވަނީސް ހަމަތައްއަ


No comments:

Post a Comment