Saturday, April 11, 2015

Activity 3 Thasveeru maanakurun

*އެކްޓިވިޓީ 3
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*އުފެއްދުންތެރި ލިޔުން / ތަސްވީރު މާނަކުރުން
*ގެންދާނެ ގޮތް
ކުލާސް 5 ގްރޫޕަށް ބަހާލާށެވެ. އެއަށްފަހު ކުރަން އުޅޭ ކަމާއިބެހޭ ކުރު އެހެންނަމަވެސް ސާފު މައުލޫމާތު ދޭށެވެ. ގްރޫޕްގައި ހިމެނޭ ކޮންމެ ކުއްޖަކަށް އެއްކޮޕީވާވަރަށް، ކޮންމެ ގްރޫޕަކަށް 1 ތަސްވީރު ދޭށެވެ. ކޮންމެ ކުއްޖަކުވެސް، ދެވިފައިވާ ފޮޓޮއާއި މެދު އަމިއްލައަށް މިނިވަންކަމާއެކު ވިސްނުމަށްފަހު ފޮޓޯއިން ދޭހަވާކޮންމެވެސް އެއްކަމެއް ގްރޫޕާއި ހިއްސާކުރާނީއެވެ. ކޮންމެ ކުއްޖަކުވެސް ވަކި ތަފާތު ނުކުތާއެއް ފާހަގަކުރުމަށް ބާރުއަޅާށެވެ. އެގޮތުން ފޮޓޯ މާނަކުރެވޭނެ 4 ގޮތެއް ގްރޫޕްގައި ކަނޑައަޅާނީއެވެ. އެއަށްފަހު ގްރޫޕްމަޝްވަރާގެމަތިން އެ ހަތަރު ގޮތް ތަފްސީލުކުރާނީއެވެ. ކޮންމެ ގޮތެއްވެސް  ތަފްސީލުކޮށްދޭންވާނީ، 5 ފޮޅުވަތާއި 8 ފޮޅުވަތާއި ދެމެދުގެ، ޕެރަގްރާފެއް ލިޔަގެންނެވެ. ޕެރަގްރާފްތައް ލިޔަ ނިމުމުން، ކޮންމެ ގްރޫޕަކުންވެސް އެގްރޫޕަކަށް ލިބުނު ފޮޓޯ މާނަކުރެވިފައިވާ ގޮތްތައް ކުލާހަށް ހުށަހަޅާނީއެވ.


*އެހީ / ފޮޓޯ






*ނޯޓް
ގުރޫޕްތަކުގައި ހުރިހާކުދިންވެސް މަސައްކަތުގައި ޝާމިލްވަމުންގެންދޭތޯ މުދައްރިސް ބަލަންވާނެވެ. އަދި ގްރޫޕްތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެދެވޭ ފަހި ބަރޯސާވުމެއް އޮންނާނެ ގޮތަކަށް އިންތިޒާމު ކުރުމާއި ކުލާސްމެނޭޖުކުރުމީ ޓީޗަރުގެ މަސްއޫލިއްޔަތެކެވެ.
ކުލާހުގައި ސައިކޯސޯޝަލް އެންވާރުމެންޓެއް އުފައްދައި ދެމެހެއްޓްމީ ޓީޗަރުގެ ޒިއްމާއެއްކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެއެވެ.

No comments:

Post a Comment