Saturday, April 11, 2015

Activity 5 paragraph liyun

އެކްޓިވިޓީ 5
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ޕެރަގްރާފް ލިޔުން
*ގެންދާނެ ގޮތް
ކުލާސް 4 ކުދިންގެ ގްރޫޕްތަކަށް ބަހާލާށެވެ. ކޮންމެ ގްރޫޕަކަށް ލެޕްޓޮޕެއް ހަވާލުކުރުމަށްފަހު ތިރީގައިވާ  ވީޑިއޯ ކޮޅު ވަރަށް ރަނގަޅަށް  ބެލުމަށް އިރުޝާދު ދޭށެވެ. އެއަށްފަހު ވީޑިއޯއިން ފެނުނު ހާދިސާގައި ދެން ވެގެންދާނެ ގޮތަކާއިމެދު ގުރޫޕްގައި މަޝްވަރާކުރުމަށް 5 މިނެޓްގެ ވަގުތުކޮޅެއް ދޭށެވެ. އެއަށްފަހު ގްރޫޕް މަޝްވާއިން ފާހަގަކުރެވުނު ކަންތަކާއި އަމިއްލައަށް ހާދިސާ ތަސައްވަރުކުރެވޭ ގޮތަކާއި މެދު ވިސްނުމަށްފަހު ކޮންމެ ކުއްޖަކު ލައްވައި 8 ފޮޅުވަތާއި 10 ފޮޅުވަތާއި ދެމެދުގެ ޕެރަގްރާފެއް ލިޔުއްވާށެވެ.



ގުރޫޕްތަކުގައި ހުރިހާކުދިންވެސް މަސައްކަތުގައި ޝާމިލްވަމުންގެންދޭތޯ މުދައްރިސް ބަލަންވާނެވެ. އަދި ގްރޫޕްތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެދެވޭ ފަހި ބަރޯސާވުމެއް އޮންނާނެ ގޮތަކަށް އިންތިޒާމު ކުރުމާއި ކުލާސްމެނޭޖުކުރުމީ ޓީޗަރުގެ މަސްއޫލިއްޔަތެކެވެ.

އިންޓަރނެޓާއި ލެޕްޓޮޕް ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލެވޭ ފިލާވަޅަކަށްވާތީ، އޭގެ ނޭދެވޭ އެއްވެސް ފައިދާއެއް ދަރިވަރަކު ހިފުނަނުދިނުމަށް މުދައްރިސް ވަރަށްބޮޑަށް ސަމާލުކަން ދޭންވާނެވެ.

އެހީ: 


No comments:

Post a Comment