Saturday, April 11, 2015

Activity 2 Lhen maanakurun

*އެކްޓިވިޓީ 2
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ޅެންމާނަކުރުން
*ދެވިފައިވާ ޅެމުގެ ޖުމުލަ މާނަލިޔުން
*ގެންދާނެ ގޮތް
ކުލާސް 4 ގުރޫޕަށް ބަހައިލާށެވެ. އެއަށްފަހު ކުލާހުސް އިސްނަގާ ދަރިވަރަކު ލައްވައި، ތިރީގައި އެވާ ޅެން ކުލާހަށް ހުށަހަޅާށެވެ. އެއަށްފަހު ތިރީގައިވާ ޅެންވެސް 4 ބަޔަށް ބައިކޮށްލާށެވެ. ކޮންމެ ގުރޫޕަކަށް ޅެމުގެ ތިން ބައިތު ދޭށެވެ. އެއަށްފަހު ހަވާލުކުރެވުނު ބައިތުތަކުގެ ޖުމުލަމާނަ ލިޔުމުގެ މަސައްކަތް ގްރޫޕްތަކާއި ހަވާލުކުރާށެވެ. މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަގުތު ދޭންވާނެވެ. އަދި މަސައްކަތް ނިމުމުން ކޮންމެ ގްރޫޕަކުން އެގްރޫޕަކަށް ލިބުނު ބައިތުތަކުގެ ޖުމުލަމާނަ ކުލާހަށް އިއްވަންވާނެވެ. މިކަންކުރުމައްޓަކައި ކުއްޖަކު އައްޔަންކުރާނީ ގްރޫޕުންނެވެ.

*މުދައްރިސްގެ މައިގަންޑު ދައުރު
ދަރިވަރުން މަސައްކަތްކުރަމުން ދާއިރު، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޅެންމާނަކުރުމުގައި، ހިފަހައްޓަންޖެހޭ ކަންތަކުގެ ތެރެއިން ދަރިވަރުންނަށް ދޫކުރެވޭ ކަންތައްތައް ހަދާންކޮށްދިނުމާއި، މާނަނޭގޭ ބަސްތަކުގެ މައުނަ ކުދިންނަށް ބުނަދިނުންފަދަ އެހީތެރިން މުދައްރިސް ފޯރުކޮށްދޭންވާނެވެ.
ގުރޫޕްތަކުގައި ހުރިހާކުދިންވެސް މަސައްކަތުގައި ޝާމިލްވަމުންގެންދޭތޯ މުދައްރިސް ބަލަންވާނެވެ. އަދި ގްރޫޕްތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެދެވޭ ފަހި ބަރޯސާވުމެއް އޮންނާނެ ގޮތަކަށް އިންތިޒާމު ކުރުމާއި ކުލާސްމެނޭޖުކުރުމީ ޓީޗަރުގެ މަސްއޫލިއްޔަތެކެވެ.

*އެހީ






No comments:

Post a Comment