Saturday, April 11, 2015

Activity 1 Amilla rasmee sity

އެކްޓިވިޓީ 1
*ގްރޭޑް 8
*ކުލާސް ސައިޒް 20
*ވަގުތު: 40 މިނެޓް
*މާއްދާ: ދިވެހި
*އަމިއްލަ ރަސްމީ ސިޓީ ލިޔަން ދަސްކުރުމަށް އެހީވެދިނުން.
*ކުލާހަށް ހުށެހެޅޭ ކުރުތަމްސީލު ކޮޅުން ދައްކުވައިދޭ މައްސަލަހައްލުރުމަށް، ސަރުކާރުގެ ކަމާއިބެހޭ ފަރާތައް ސިޓީއެއްލިޔުން.
*ޓީޗަރުގެ މައްސޫލިއްޔަތު
މައިގަނޑު މަސައްކަތާއި އަދި އޭގެ ކުރިން ކުލާހުގައި ހިނަގާ ހަރަކާތްތަކުގެ ފުރިހަމަ މައުލުމާތު ދަރިވަރުންނަށް އެރުވުން.
ގްރޫޕްތަކުގައި ސިޓީލިޔަމުންދާއިރު ދަރިވަރުން ބޭނުންވާ އެހީތައް ފޯރުކޮށްދިނުން
ކުރެވޭމަސައްކަތުގެ ފެންވަރު ހިފަހެއްޓުމައްޓަކައި ރެގިއުލޭޓްކުރުން

Activity 2 Lhen maanakurun

*އެކްޓިވިޓީ 2
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ޅެންމާނަކުރުން
*ދެވިފައިވާ ޅެމުގެ ޖުމުލަ މާނަލިޔުން
*ގެންދާނެ ގޮތް
ކުލާސް 4 ގުރޫޕަށް ބަހައިލާށެވެ. އެއަށްފަހު ކުލާހުސް އިސްނަގާ ދަރިވަރަކު ލައްވައި، ތިރީގައި އެވާ ޅެން ކުލާހަށް ހުށަހަޅާށެވެ. އެއަށްފަހު ތިރީގައިވާ ޅެންވެސް 4 ބަޔަށް ބައިކޮށްލާށެވެ. ކޮންމެ ގުރޫޕަކަށް ޅެމުގެ ތިން ބައިތު ދޭށެވެ. އެއަށްފަހު ހަވާލުކުރެވުނު ބައިތުތަކުގެ ޖުމުލަމާނަ ލިޔުމުގެ މަސައްކަތް ގްރޫޕްތަކާއި ހަވާލުކުރާށެވެ. މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަގުތު ދޭންވާނެވެ. އަދި މަސައްކަތް ނިމުމުން ކޮންމެ ގްރޫޕަކުން އެގްރޫޕަކަށް ލިބުނު ބައިތުތަކުގެ ޖުމުލަމާނަ ކުލާހަށް އިއްވަންވާނެވެ. މިކަންކުރުމައްޓަކައި ކުއްޖަކު އައްޔަންކުރާނީ ގްރޫޕުންނެވެ.

Activity 3 Thasveeru maanakurun

*އެކްޓިވިޓީ 3
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*އުފެއްދުންތެރި ލިޔުން / ތަސްވީރު މާނަކުރުން
*ގެންދާނެ ގޮތް
ކުލާސް 5 ގްރޫޕަށް ބަހާލާށެވެ. އެއަށްފަހު ކުރަން އުޅޭ ކަމާއިބެހޭ ކުރު އެހެންނަމަވެސް ސާފު މައުލޫމާތު ދޭށެވެ. ގްރޫޕްގައި ހިމެނޭ ކޮންމެ ކުއްޖަކަށް އެއްކޮޕީވާވަރަށް، ކޮންމެ ގްރޫޕަކަށް 1 ތަސްވީރު ދޭށެވެ. ކޮންމެ ކުއްޖަކުވެސް، ދެވިފައިވާ ފޮޓޮއާއި މެދު އަމިއްލައަށް މިނިވަންކަމާއެކު ވިސްނުމަށްފަހު ފޮޓޯއިން ދޭހަވާކޮންމެވެސް އެއްކަމެއް ގްރޫޕާއި ހިއްސާކުރާނީއެވެ. ކޮންމެ ކުއްޖަކުވެސް ވަކި ތަފާތު ނުކުތާއެއް ފާހަގަކުރުމަށް ބާރުއަޅާށެވެ. އެގޮތުން ފޮޓޯ މާނަކުރެވޭނެ 4 ގޮތެއް ގްރޫޕްގައި ކަނޑައަޅާނީއެވެ. އެއަށްފަހު ގްރޫޕްމަޝްވަރާގެމަތިން އެ ހަތަރު ގޮތް ތަފްސީލުކުރާނީއެވެ. ކޮންމެ ގޮތެއްވެސް  ތަފްސީލުކޮށްދޭންވާނީ، 5 ފޮޅުވަތާއި 8 ފޮޅުވަތާއި ދެމެދުގެ، ޕެރަގްރާފެއް ލިޔަގެންނެވެ. ޕެރަގްރާފްތައް ލިޔަ ނިމުމުން، ކޮންމެ ގްރޫޕަކުންވެސް އެގްރޫޕަކަށް ލިބުނު ފޮޓޯ މާނަކުރެވިފައިވާ ގޮތްތައް ކުލާހަށް ހުށަހަޅާނީއެވ.

activity 4 Raivaru maanakurun

*އެކްޓިވިޓީ  4
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ރައިވަރުމާނަކުރުން
*ގެންދާނެ ގޮތް
ކުލާސް 5 ގްރޫޕަށް ބަހާލާށެވެ. އެއަށްފަހު ކުރަން އުޅޭ ކަމާއިބެހޭ ކުރު އެހެންނަމަވެސް ސާފު މައުލޫމާތު ދޭށެވެ. ކޮންމެ ގްރޫޕަކަށް ތިރީގައިވާ ރައިވަރުތަކުގެ ތެރެއިން އެއް ރައިވަރު ދޭށެވެ. އެއަށްފަހު ގުރޫޕްގައި މަޝްވަރާކުރުމަށްފަހު، ކުލާހަށް ރައިވަރު ހުށަހަޅާނެ ދަރިވަރަކު އައްޔަންކުރާށެވެ. ދެން ދައިވަރުތައް މުޅިކުލާހަށް އިއްވާށެވެ. އެއަށްފަހު ގުރޫޕްތަކުގައި މަޝްވަރާކޮށް ރައިވަރުގެ ބަސްތައް ތަރުތީބު ކުރުވާށެވެ. ރައިވަރު ޖުމުލަމާނަ ކޮށްމެދަރިވަރަކުވެސް އެދަރިވަރެއްގެ ފޮތުގައި ލިޔެ މުދައްރިސަށް ދެއްކުމުން އެކްޓިވިޓީ ނިމުނީއެވެ.

Activity 5 paragraph liyun

އެކްޓިވިޓީ 5
*ގްރޭޑް 8
*ކުލާސް ސައިޒު 20
*ދިވެހި
*ޕެރަގްރާފް ލިޔުން
*ގެންދާނެ ގޮތް
ކުލާސް 4 ކުދިންގެ ގްރޫޕްތަކަށް ބަހާލާށެވެ. ކޮންމެ ގްރޫޕަކަށް ލެޕްޓޮޕެއް ހަވާލުކުރުމަށްފަހު ތިރީގައިވާ  ވީޑިއޯ ކޮޅު ވަރަށް ރަނގަޅަށް  ބެލުމަށް އިރުޝާދު ދޭށެވެ. އެއަށްފަހު ވީޑިއޯއިން ފެނުނު ހާދިސާގައި ދެން ވެގެންދާނެ ގޮތަކާއިމެދު ގުރޫޕްގައި މަޝްވަރާކުރުމަށް 5 މިނެޓްގެ ވަގުތުކޮޅެއް ދޭށެވެ. އެއަށްފަހު ގްރޫޕް މަޝްވާއިން ފާހަގަކުރެވުނު ކަންތަކާއި އަމިއްލައަށް ހާދިސާ ތަސައްވަރުކުރެވޭ ގޮތަކާއި މެދު ވިސްނުމަށްފަހު ކޮންމެ ކުއްޖަކު ލައްވައި 8 ފޮޅުވަތާއި 10 ފޮޅުވަތާއި ދެމެދުގެ ޕެރަގްރާފެއް ލިޔުއްވާށެވެ.